Sunday, December 04, 2016

ލޯ ރިޕޯޓް ޑޭޓާބޭސް

 ލޯ ރިޕޯޓް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތައް އަދި ޤަރާރުތަކާއި އުޞޫލުތަކާއި ޝަރުޢީ ނިންމުތައް އެއްތަން ކުރެވިފައިވާ ޑޭޓާބޭހެކެވެ. މި ޑޭޓާބޭހުގައި ޤާނޫނާ ޤަވާއިދުތަކާ ޙަލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނެއެވެ.

އިތުރު މައުލޫމާތު
އެއް ޕްލެޓްފޯމަކުން ކޭސް ރިޕޯޓްތައް ހޯއްދެވުމަށް
ލޯ ރިޕޯޓް ޑޭޓާ ބޭސް

ތައާރަފް


ލޯ ރިޕޯޓް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތައް އަދި ޤަރާރުތަކާއި އުޞޫލުތަކާއި ޝަރުޢީ ނިންމުތައް އެއްތަން ކުރެވިފައިވާ ޑޭޓާބޭހެކެވެ. މި ޑޭޓާބޭހުގައި ޤާނޫނާ ޤަވާއިދުތަކާ ޙަލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނެއެވެ.

މި ޑޭޓާބޭހުގައި ޤާނޫނުތައް އެއްތަންކޮށްފައިވަނީ ގިންތިކޮށްގެންނެވެ. ކޮންމެ ގިންތިއެއްގައިވެސް އެ ގިންތިއެއްގައި ހިމެނޭ ޤާނޫނުތައް ލިސްޓްކޮށްފައިވާނެއެވެ. ކޮންމެ ޤާނޫނެއްވެސް ފެނިގެންދާއިރު، އެ ޤާނޫނަށް އިޞްލާޙެއް އައިސްފައިވާނަމަ، އެ އިޞްލާޙެއް އައިސްފައިވާކަން، ވާތްފަރާތުގެ މަތީގައިވާ "އިތުރު މައުލޫމާތު" ލިންކްއިން ހައިލައިޓްވެފައި ހުންނާނެއެވެ.

މި ޑޭޓާބޭހުގެ ލޯ ރިޕޯޓިންގ ސްކްރީންތައް ބަހާލަފައިވަނީ ފަސް ބަޔަކަށެވެ. އެއީ ޤާނޫނު، ޤަވާއިދު، އުސޫލު، ޤަރާރު އަދި ޝަރުޢީ ހުކުމެވެ. ކޮންމެ ސްކްރީނެއްވެސް ފަރުމާ ކުރެވިފައިވާނީ އެ ސްކްރީނެއްގައި ހިމެނޭ ގިންތިއެއްގައި އެކުލެވޭ ބައިތައް ފިލްޓަރ ކުރެއްވޭ ގޮތަށް، އަދި އިތުރު ސްކްރީނަކަށް ނުގޮސް ޕީޑީއެފް ބައްލަވާ ލެއްވޭ ގޮތަށެވެ. ބޭނުންފުޅު ނަމަ ޕީޑީއެފް ޑައުންލޯޑުވެސް ކުރެއްވިދާނެއެވެ. އަދި އިސްލާޙުތަކާއި އެއަށް ޙަވާލާދީ ކޮށްފައިވާ ޝަރުޢީ ޙުކުމްތައްވެސް އިތުރު ސްކްރީނަކަށް ނުގޮސް ބައްލަވާލެއްވޭނެއެވެ.

މިއީ، މޯލްޑިވްސް ލޯ ރިޕޯޓް ޑޭޓާބޭހުގެ ބީޓާ ވާޜަނާއެކު 3 ވަނަ ވާޜަންއެވެ. މި ޑޭޓާބޭހަކީ ހަފްތާއަކު ކޮންމެ މަސައްކަތު ދުވަހަކު، އެދުވަހަކަށް ލިބޭ މައުލޫމާތުގެ އަލީގައި އަޕްޑޭޓް ކުރެވެމުންދާނެ ޑޭޓާބޭހެކެވެ. މި ޑޭޓާބޭސް ޑިވެލޮޕްކޮށް ބަލަހައްޓަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

މޯލްޑިވްސް ލޯ ރިޕޯޓް ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި، ފަނޑިޔާރުންނާއި، ލީގަލް ފްރެޓަރނިޓީއާއި، ޤާނޫނީ ރޮނގުން ތައުލީމް ޙާސިލްކުރާ ދަރިވަރުންގެ ބިނާކުރެނިވި ޚިޔާލުތަކަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަބަދުވެސް މަރުޙަބާ ކިޔާނޭ ކަމުގައި ދަންނަވަމެވެ.






އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު

  ....

ޤާނޫނާއި އުސޫލުތަކާއި ރެކޯޑު ތަކަކީ ކަންކަން ނިންމުމުގައި އެންމެ މުހިއްމު އެއް މަސްދަރު. ރެކޯޑްތަކާއި ނިންމުންތައް އަޅުގަނޑުމެން ހާމަކުރަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީޢާއިން. ކޯޓުތަކުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ލޯ ރިޕޯޓުތަކަކީ، ޝަރުޢީ ނިންމުންތައް ނިންމުމުގައި ސަވާބިޤުތަކެއް. ކަންކަން އެއްގޮތް ކުރުމަށް، ސަވާބިޤުތައް އާންމުކޮށް ލިބެން ހުންނަން ޖެހޭ.

  ....